އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުރީގައި ހުޅުދޫ ސްކޫލް ހިންގި އިމާރާތް އިޖުތިމާއީ މަރުކަޒުގެ ގޮތުގައި ތަރައްޤީކުރުމަށް ހޯދަން އެދޭ މައްސަލަ

8 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/101

ބޭއްވުނު ތާރީޚް:  08 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 22 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 53 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކުރީގައި ހުޅުދޫ ސްކޫލް ހިންގި އިމާރާތް އިޖުތިމާއީ މަރުކަޒުގެ ގޮތުގައި ތަރައްޤީކުރުމަށް ހޯދަން އެދޭ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ކުރީގައި ހުޅުދޫ ސްކޫލް ހިންގި އިމާރާތް އައްޑޫސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ކަމާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި މުއާމަލާތްކުރުމަށް ފެންނަކަމަށާއި، އަދި އެއިމާރާތް އިޖުތިމާއީ މަރުކަޒުގެ ގޮތުގައި ތަރައްޤީކުރުމަށާއި، އެމަރުކަޒުގައި ވޮކޭޝަނަލް ޓްރޭނިންގ އާއި ކުޅިވަރު ކުޅެވޭނެގޮތް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސާލިހާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/101

ތާރީޚް: 8 ޖޫން 2022