އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި 1443 ވަނަ އަހަރުގެ އަޟްޙާ އީދު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުން

8 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/102

ބޭއްވުނު ތާރީޚް:  08 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 22 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 53 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި 1443 ވަނަ އަހަރުގެ އަޟްޙާ އީދު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ބަރަކާތްތެރި އަޟްޙާ އީދުގެ މުނާސަބުގައި އައްޑޫސިޓީގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކޮށް، އައްޑޫއަށް ދަރުތުކުރާ ބޭފުޅުންނާއި އައްޑޫގެ ރައްޔިތުން މުނިފޫހި ފިލުވުމަށާއި، އައްޑޫސިޓީއަށް އަތޮޅުތެރެއިން ދަތުރުކުރާ ބޭފުޅުންގެ އަދަދު އިތުރުކޮށް، އައްޑޫގެ އިޤްތިސާދު ރަނގަޅު ކުރުމަށާއި، އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމާއި، އައްޑޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން އެއްތަނަކަށް ޖަމާވެ އީދުގެ އަފަލުގައި ބައިވެރި ކުރުމާއެކު، އައްޑޫގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި ދުޅަހެޔޮކަން ޤާއިމް ކުރުމަށްޓަކައި އައްޑޫ ސިޓީގައި އަޟްޙާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ހުށަހަޅާފައިވާ ހަރަކާތްތައް ފާސްކުރުމަށް ފެންނަކަމަށާއި އަދި އީދު ފާހަގަ ކުރުމުގެ ހަރަކާތްތައްކަށް އައްޑޫސިޓީ ކައުންސިލްގެ ބަޖެޓުން 200000/- (ދެލައްކަ) ރުފިޔާ، ކައުންސިލްގެ ބަޖެޓްގެ J-LCL ފަންޑުގެ، ނަންބަރު 223013 (1443 ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް) ކޯޑުގެ ތެރެއިން ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުމަށް ހަރަދުކުރުމަށާއި އެހެނިހެން ސްޕޮންސަރުންގެ އެހީތެރިކަމާއި އެކު އައްޑޫސިޓީގައި ކުލަގަދަކޮށް އަޟްހާ އީދު ފާހަގަކުރުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/102

ތާރީޚް: 8 ޖޫން 2022