އައްޑޫސިޓީ ކައުންސިލްގެ އިދާރާ

" ދަ ފޭދޫ ސްޕޯރޓްސް ކަޕް 2022" ގައި ކައުންސިލުން ޓީމެއް ބައިވެރިވުމާއި, ޙަރަދު ހަމަޖައްސަވައި ދެއްވުން އެދި ހުށަހަޅާ މައްސަލަ

8 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/103

ބޭއްވުނު ތާރީޚް:  08 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 22 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 53 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ދި ފޭދޫ ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ބާއްވާ " ދަ ފޭދޫ ސްޕޯރޓްސް ކަޕް 2022" ގައި ކައުންސިލުން ޓީމެއް ބައިވެރިވުމާއި މެދު ކައުންސިލުން ގޮތެއް ނިންމަވައި ޙަރަދު ހަމަޖައްސަވައި ދެއްވުން އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސާރވިސް

ނިންމުން

މައްސަލަ ނިމުނުގޮތް:

              " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ދި ފޭދޫ ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ބާއްވާ " ދަ ފޭދޫ ސްޕޯރޓްސް ކަޕް 2022" އޮފީސް މުބާރާތުގައި އައްޑޫސިޓީ ކައުންސިލްގެ ޓީމެއް ބައިވެރިވުމަކީ މުވައްޒަފުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަކަށްވާތީ، އައްޑޫސިޓީ ކައުންސިލުން ޓީމެއް މިމުބާރާތުގައި ބައިވެރިވުމަށް ފެންނަކަމަށާއި އަދި ކައުންސިލްގެ ބަޖެޓުގެ  J-LCL ފަންޑުގެ، ނަންބަރު 23768 (އައްޑޫ ފުޓްބޯޅަ ޗެމްޕައަންޝިޕް) ކޯޑުގެ ތެރެއިން، ދި ފޭދޫ ފުޓްސަލް ކަޕް 2022 ގައި އައްޑޫސިޓީ ކައުންސިލުން ބައިވެރިވާ ޓީމުގެ އަންދާޒީ ބަޖެޓަށްވާ ޖުމްލަ 16850 ރުފިޔާ، މިމުބާރާތުގައި ބައިވެރިވާ ކައުންސިލްގެ ޓީމުގެ ޙަރަދުތައް ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/103

ތާރީޚް: 8 ޖޫން 2022