އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހޯމްސްޓޭ ޓޫރިޒަމްގެ އުސޫލާއި ޤަރާރު ފާސްކުރުމަށް ކައުންސިލަށް ހުށަހެޅުމަށް

16 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/109

ބޭއްވުނު ތާރީޚް:  16 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 54 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހޯމްސްޓޭ ޓޫރިޒަމްގެ އުސޫލާއި ގުޅިގެން ބޭއްވުން ސްޓޭކްހޯލްޑަރ މަޝްވަރާތައް ނިމި އުސޫލާއި ޤަރާރު ފާސްކުރުމަށް ކައުންސިލަށް ހުށަހެޅުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

          " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު،   18 ވަނަ ޓޫރިޒަމް ކޮމެޓީގެ ބައްދަލުވުމުން ނިންމަވާފައިވާ ގޮތަށް، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގައި އައްޑޫސިޓީގައި އަމަލުކުރަންޖެހޭ އުސޫލު އަދި އައްޑޫ ސިޓީގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް ޤަރާރެއް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/109

ތާރީޚް: 16 ޖޫން 2022