އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ. ގަން އިޖުތިމާޢީ މަރުކަޒުގައި ކެފޭއެއް ހެދުމާއި ބެހޭ

22 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/111

ބޭއްވުނު ތާރީޚް:  22 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 55 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސ. ގަން އިޖުތިމާޢީ މަރުކަޒުގައި ކެފޭއެއް ހެދުމާއި ބެހޭ 

މައްސަލަ ހުށަހެޅި ފަރާތް: ފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

   މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ސ.ގަން އިޖުތިމާޢީ މަރުކަޒަށް ލިބޭ އާމްދަނި އިތުރުކުރުމަށާއި މަރުކަޒުން ޚިދުމަތް ހޯދާ ފަރާތްތަކަށާއި އަދި އާންމުންނަށް މަރުކަޒުގައި ކެފޭއެއް ހިންގުމަށް ސ.ގަން އިޖުތިމާޢީ މަރުކަޒުގެ ގޯތިތެރެއިން 7209 އަކަފޫޓޫގެ ބިމެއް ހަމަޖެއްސުމަށް ފެންނަކަމަށާއި އަދި ކެފޭ ހިންގުމަށްޓަކައި ބީލަމަށް ހުޅުވާލައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ފަރާތަކާއި ހަވާލުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/111

ތާރީޚް: 22 ޖޫން 2022