އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ އަވަށު ކޮމިއުނިޓީ ސެންޓަރުގެ އިރުން ހުޅަނގަށް އޮތް ހުސްބިން ކޮމިއުނިޓީ ސެންޓަރުގެ ބިމުގެ ތެރެއަށް އިތުރުކޮށްދެއްވުމަށް

29 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/113

ބޭއްވުނު ތާރީޚް:  29 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 56 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކޮމިއުނިޓީ ސެންޓަރުގެ އިރުން ހުޅަނގަށް އޮތް ހުސްބިން (100×50 ޖުމުލަ ފަސްހާސް އަކަފޫޓް) ގެ ހުސްބިން ކޮމިއުނިޓީ ސެންޓަރުގެ ބިމުގެ ތެރެއަށް އިތުރުކޮށްދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

   މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މަރަދޫފޭދޫ އަވަށުގެ ކޮމިއުނިޓީ ސެންޓަރަކީ މަރަދޫފޭދޫގެ ރައްޔިތުންގެ އިތުރުން މަރަދޫ އަދި ފޭދޫގެ ރައްޔިތުން ބޭނުންކުރަމުންދާ ސެންޓަރަކަށްވުމާއެކު، މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރު އިތުރަށް ތަރައްޤީވެގެން ދިއުމަކީ މުހިންމުކަމަކަށްވާތީ، މަރަދޫފޭދޫ އަވަށު އޮފީހުން ހުށަހަޅައިފައިވާ ޗާޓްގައި ފާހަގަކޮށްފައިވާ، ކޮމުއުނިޓީ ސެންޓަރުގެ އިރުން ހުޅަނގަށް އޮތް 5000 އަކަފޫޓްގެ ހުސްބިން އެ ސެންޓަރުގެ ބިމުގެ ތެރެއަށް އިތުރުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/113

ތާރީޚް: 29 ޖޫން 2022