މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތަކަށް ، ކޮންމެ މައްސަލައެއް ވަކިން ވޯޓަށް ހުށަހެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް
- "ސ.ހިތަދޫ، ކަނަންދޫގެ އާމިނަތު ޒާހިރާ އާއި ދެމެދު ވެވިފައިވާ ނަމްބަރު:(AGR)138-LDS4/INDIV/2017/46 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
- ބޮނިޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ވެވިފައިވާ ނަންބަރު (AGR)426-AB/PRIV/2020/44 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
- ބޮނިޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ވެވިފައިވާ ނަންބަރު (AGR)426-AB/PRIV/2020/46 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
- ބޮނިޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ވެވިފައިވާ ނަންބަރު (AGR)426-AB/PRIV/2020/46 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
- "ސ.ހިތަދޫ، ނާޒް ޙައްވާ ޢިބްރާހީމްދީދީ އާއި ދެމެދު ވެވިފައިވާ ނަންބަރު (AGR)426-AB/INDIV/2021/194 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
- ސ.ހިތަދޫ، ބްލޫވިލާ މުޙައްމަދު ސާލިސް އާއި ދެމެދުވެފައިވާ ނަންބަރު: 426-EA/S2/2014/63 އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކުލީ ބިމުގައިވާ އިންވެސްޓްމެންޓް ވިއްކާލުމުގެ ހުއްދަ ދިނުމާއިމެދު ގޮތެއް ކަނޑައެޅުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
- މާލެ، ގ.ތަލްވާރުގެ ޢަބްދުﷲ މަޖީދު އަށް ކުޑަކުދިންގެ ޕާކްގައި ހަދާފައިހުރި ހަޓު ކުއްޔަށް ދޫކުރުމަށް ވެވިފައިވާ ނަންބަރު 426-PD/2012/55 އެއްބަސްވުމާއި އެއްގޮތަށް އަމަލުނުކުރާތީވެ ދެވުނު 30 ދުވަހުގެ ނޯޓިސްގެ މުއްދަތު 8 ޖޫން 2022 އަށް ހަމަވެފައިވާތީވެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|