އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރާމާތު ކުރަންޖެހޭ ހާލަތުގައިވާ ތަކެތި އުނިކޮށް އަލުން ނީލަންކިޔުމުގެ ހުއްދައަށް އެދި

29 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/115

ބޭއްވުނު ތާރީޚް:  29 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 56 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލް ނިންމުން ނަންބަރ: 426-B(4)/2022/031 އާއި ގުޅިގެން ހުށަހަޅުއްވާއިވާ ނީލަން ކިޔުމުގެ ހުއްދައަށް އެދިފައިވާ ތަކަތީގެ ތެރެއިން މަރާމާތު ކުރަންޖެހޭ ހާލަތުގައިވާ ތަކެތި އުނިކޮށް އަލުން ނީލަންކިޔުމުގެ ހުއްދައަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

   މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ނީލަންކިޔުމަށްޓަކައި ލިސްޓްގައި ހިމެނިފައިވާ ތަކެއްޗަކީ އެއްވެސް ވަރަކަށް މަރާމާތުކުރެވޭނެ ހާލަތުގައިވާ ތަކެއްޗަށް ނުވާތީ، ދައުލަތުގެ މުދާ ނީލަންކިޔުމާއި ނައްތައިލުމުގައި އަމަލު ކުރާނެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށްފަހު ނީލަންކިޔުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/115

ތާރީޚް: 29 ޖޫން 2022