އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ގާއިމުކުރެވިފައިވާ ޙާފިޡުންގެ ދަސްކިޔާ ނިމޭ ކޮންމެ ދަރިވަރަކަށް ހިތްވަރުދިނުމުގެ ގޮތުން ފައިސާގެ އިނާމެއް ކަނޑައެޅުމަށް

29 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/116

ބޭއްވުނު ތާރީޚް:  29 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 56 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

  އައްޑޫސިޓީގައި ގާއިމުކުރެވިފައިވާ "ޙާފިޡުން އިމްތިހާނުކުރާ ކޮމެޓީ" އަށް ދަސްކިޔާ ނިމޭ ކޮންމެ ދަރިވަރަކަށް ހިތްވަރުދިނުމުގެ ގޮތުން ފައިސާގެ އިނާމެއް ކަނޑައެޅުމަށް

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސާރވިސް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

   މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " އައްޑޫސިޓީގައި ޙިފްޡު އިމްތިހާނު ފުރިހަމަކޮށް ފާސްވާ ކޮންމެފަރާތަކަށް އެކަމުގެ އަގު ވަޒަންކުރުމުގެގޮތުން ފައިސާގެ އިނާމަކާއެކު ހަނދާނީ ފިލާއެއް އައްޑޫސިޓީ ކައުންސިލްގެ ނަމުގައި ދިނުމަށް ފެންނަކަމަށާއި ކީރިތި ޤުރުއާން ހިތުދަސްކޮށް އައްޑޫސިޓީގައި ކިޔާދީފައިވާ ދަރިވަރުންގެ ތެރެއިން، 1 ވަނަދަރަޖާގައި ފާސްވާ ކޮންމެ ދަރިވަރަކަށް -/2000 (ދެހާސް) ރުފިޔާގެ ފައިސާގެ އިނާމަކާއެކު ހަނދާނީފިލާއެއް ދިނުމަށާއި އަދި 2 ވަނަ ދަރަޖާގައި ފާސްވާ ކޮންމެދަރިވަރަކަށް -/1500 (އެއްހާސްފައްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމަކާއެކު ހަނދާނީ ފިލާއެއް ދިނުމަށް ކައުންސިލްގެ ބަޖެޓްގެ J-LCL ފަންޑުގެ، ނަންބަރު 228999 (ކައުންސިލް އިން ސްކޫލްތަކަށް އިނާމް ހުށައެޅުމަށް) ކޯޑުގެ ތެރެއިން ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަރަދުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/116

ތާރީޚް: 29 ޖޫން 2022