އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގައުކެނޑި ޗެކް ޕޯސްޓް ކުއްޔަށް ދޫކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

18 ޖެނުއަރީ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ގައުކެނޑި ޗެކް ޕޯސްޓް ކުއްޔަށް ދޫކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

އައްޑޫސިޓީ ގައުކެނޑި ބްރިޖު ސަރަހައްދުގައި އައްޑޫގެ ރައްޔިތުންނާއި، އައްޑޫސިޓީ ކައުންސިލުން، ބޮޑު ޚަރަދެއްކޮށްގެން ޢިމާރާތް ކުރެވިފައިވާ ޗެކްޕޯސްޓް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިއްމު ބޭނުންތެރި ކަމެއް ކަމުގައި ދެކޭތީ، ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން، މިތަން ބެލެހެއްޓުމަށް ފަރާތަކާއި ޙަވާލު ކުރުމަށް ފެންނަކަމަށާއި، މިގޮތުން ތަން ބެލެހެއްޓުމުގައި ޢިމާރާތާއި ޢިމާރާތުގައި ހަރުކުރެވިފައިވާ ސޯލާ ޕެނަލް ތަކަށް ގެއްލުން ނުވާ ގޮތަށް ތަންބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމާއި، އަދި މިސަރަޙައްދު ޢާއްމު ރައްޔިތުނަށް ފައިދާ ކުރަނިވި ގޮތަކަށް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމުގައި އިދާރީ އަދި ޓެކްނިކަލް ގޮތުން ހަމަޖައްސަން ޖެހޭ އެންމެހާ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/07

ތާރީޚް: 18 ޖެނުއަރީ 2018