އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހިތަދޫ ބަނދަރު ސަރަޙައްދުގައި ވަގުތީގޮތުން މަސްމާރުކޭޓެއް ހެދުން

29 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/119

ބޭއްވުނު ތާރީޚް:  29 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 56 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހިތަދޫ ބަނދަރު ސަރަޙައްދުގައި ވަގުތީގޮތުން މަސްމާރުކޭޓެއް ހެދުން

މައްސަލަ ހުށަހެޅި ފަރާތް: ޙުސައިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ހިތަދޫ ގެ އެކިސަރަހައްދު ތަކުގައި މަސްކަނޑައި ވިއްކުމުގެ ސަބަބުން މަދަރުސާތަކާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި އަދި އާއްމު ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާތީ އާއި ހިތަދޫ ބަނދަރުގެ މަސައްކަތް ނިމެން ގިނަދުވަސްތަކެއް ހޭދަވާތީ އާއި އަދި ހިތަދޫ ބަނދަރުގައި ދާއިމީ މަސްމާރުކޭޓާއިއެކު ހާރބާރކޮމްޕްލެކްސް އަޅައި ޚިދުމަތް ދެވެންދެން، ހުށަހެޅިފައިވާ ކުރެހުމާއި ބީއޯކިއު އާއި އެއްގޮތަށް، ހިތަދޫގައި ވަގުތީގޮތުން މަސްކަޑައި ވިއްކޭނެ ތަނެއް ކައުންސިލްގެ ޕަބްލިކްވޯކްސްގެ ވަސީލަތްތައް ބޭނުންކޮށްގެން ހެދުމަށާއި އަދި މިމަސައްކަތައް  110599 (އެއްލައްކަ ދިހަހާސް ފައްސަތޭކަ ނުވަދިހަނުވަ) ރުފިޔާ، ހިތަދޫ އަވަށުގެ މަގާއި ފާލަން އަދި ބްރިޖް މަރާމާތުކުރުމަށް ބަޖެޓްކުރެވިފައިވާ ކައުންސިލްގެ J-LCL ފަންޑުގެ، ނަންބަރު 226003 (މަގާއި، ފާލަން އަދި ބްރިޖް ފަދަ ތަންތަން) ކޯޑުގެ ތެރެއިން ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަރަދުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/119

ތާރީޚް: 29 ޖޫން 2022