ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2022/126 |
|
ބޭއްވުނު ތާރީޚް: 06 ޖުލައި 2022 |
ޖަލްސާ: 2022ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 57 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ހިތަދޫ "މާލިއްޔާ" އިމާރާތް، އާބާތުރާ ފިލުވާ އެތަން މިއުޒިމް އަކަށް ބަދަލުކޮށް ހިންގުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ހިތަދޫ މާލިއްޔާ އިމާރާތަކީ، އައްޑޫގެ ތާރީޚީ އިމާރާތަކަށްވެފައި، މިއިމާރާތުގެ އާބާތުރާ ފިލުވައި މި އިމާރާތް އައްޑޫގެ ތާރީޚާއި އާސާރު އެތަނަކުން ފެންނަން ހުންނާނެ ތަނަކަށް ބަދަލުކުރެވިއްޖެނަމަ، އައްޑޫގެ ތާރީޚް ރައްކާކޮށް ދެމެހެއްޓުމަށް މުހިންމު ތަނަކަށްވާނެތީ މި އިމާރާތް މިއުޒިމެއްގެ ގޮތަށް ތަރައްގީކޮށް ހިންގުމަށް ފެންނަކަމަށާއި މި އިމާރާތް މިއުޒިމަކަށް ބަދަލުކޮށް ކުރަންޖެހޭ ޚަރަދުގެ ގޮތުގައި 200000/- (ދެލައްކަ) ރުފިޔާ ހަމަޖެއްސުމަށާއި މިހަރަދު ކުރުމަށް ކައުންސިލްގެ ބަޖެޓް ކޯޑު 223014 އިން ޚަރަދު ކުރެވޭގޮތަށް އައު އެކްޓިވިޓީއެއް އިތުރުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
