އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގައުކެނޑި ބްރިޖަށް ނަންކިޔުމާއި، ބްރިޖް މަތީގައި ވެހިކަލް މަޑުކުރުން އަދި އެސަރަހައްދަށް ކުނި އެޅުމާ ގުޅޭ ނިންމުން

13 ޖޫން 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ގައުކެނޑި ބްރިޖަށް ނަން ކިޔުން، ބްރިޖްމަތީ އެއްވެސް ވެހިކަލެއް މަޑުކުރުން މަނާކުރުން. ބްރިޖް ފެންސްގެ އެތެރޭގައި (މަގަށްވީ ފަޅީގައި އެއްވެސް ބޭނުމަކަށް މަޑުކުރުން މަނާކުރުން އަދި ބްރިޖް މަތީން އެއްވެސް ބާވަތެއްގެ ކުންޏެއް ނުވަތަ އެނޫންވެސް އެއްޗެއް މޫދަށް އެޅުން މަނާކުރުން.

މައްސަލަ ހުށަހެޅި ފަރާތް:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް    

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

ބްރިޖް ގެ ނަމަކަށް "ގައުކެނޑި ބްރިޖް" މިގޮތަށް ނަން ކިޔުމަށާއި ބްރިޖް މަތީގައި ވެހިކަލް މަޑުކުރުމާއި ފެންސުގެ އެތެރޭގައި އެއްވެސް ބޭނުމަކު އެއްވެސް މީހަކު މަޑުކުރުމަކީ މަނާކަމެއް ކަމުގައި ޢާއްމުކޮށް އިޢުލާން ކުރެއްވުމަށާއި ބްރިޖް މަތިން އަދި އެ ސަރަޙައްދަށް އެއްވެސް ބާވަތެއްގެ ކުންޏެއް ނުވަތަ ކުނީގެގޮތުގައި ބެލެވިދާނެފަދަ އެއްވެސް އެއްޗެއް އެޅުމަކީ މަނާކަމެއް ކަމަށް އަންގާ ޢާއްމުކޮށް އިޢުލާން ކުރެއްވުމަށާއި އަދި  ބްރިޖާއި އެ ސަރަޙައްދު ހަޑިވާފަދަ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް ކަމުގައި ޢާއްމުކޮށް އިޢުލާން ކުރުމާއިއެކު ބްރިޖްގެ 2 ކޮޅުގައި ބްރިޖްގެ ނަންބޯޑާއި މަނާ ކަންކަން އެނގޭ ބޯޑް ޖެހުމަށެވެ.

މީގެ އިތުރުން ކައުންސިލަރ އިބްރާހިމް ޝުކުރީ، ބްރިޖް ސަރަޙައްދު ބެލެހެއްޓުމުގައި މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިތުރު އެހީތެރިކަން ހޯދަން ހުށަހަޅަން ފެންނަ ކަމަށް ފާހަގަކުރެއްވިއެވެ.

ތާއީދު ކުރެއްވި :  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި : ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް    

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/134

ތާރީޚް: 13 ޖޫން 2017