އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދައުލަތުން ދޭ ބްލޮކް ގްރާންޓުން އައްޑޫސިޓީއަށްދޭ އަދަދާއި ގުޅޭގޮތުން ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތްތަކާއި މަޝްވަރާކުރުން

8 އޯގަސްޓް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/136

ބޭއްވުނު ތާރީޚް:  08 އޮގަސްޓް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 60 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ދައުލަތުން ދޭ ބްލޮކް ގްރާންޓުން އައްޑޫސިޓީ އަށް ކަނޑައަޅާފައިވާ އަދަދުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ދަތިވާތީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހެދުމުގެ ކުރިން މިކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތްތަކާއި މަޝްވަރާކުރުން 

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޙުސައިން ފައިޒުއްރަޚްމާން

ނިންމުން

މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ދަތިވާތީ 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހެދުމުގެ ކުރިން މިކަމަށް ހައްލެއް ހޯދުމަށްޓަކައި މޭޔަރ، ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ އިތުރުން ކައުންސިލް މެމްބަރުންގެ ޓީމެއް ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތްތަކާއި މަޝްވަރާކުރުމަށް މާލެއަށް ދަތުރެއް ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޚްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 12   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/136

ތާރީޚް: 8 އޯގަސްޓް 2022