އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޓްރޭޑް ކޯޕަރޭޓިވްގެ ބޯޑަށް ކައުންސިލުން ކަނޑައަޅާ މެމްބަރުން ހަމަޖެއްސުމުގައި ކައުންސިލުން ގޮތެއް ނިންމުން

18 ޖެނުއަރީ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ޓްރޭޑް ކޯޕަރޭޓިވްގެ ބޯޑަށް ކައުންސިލުން ކަނޑައަޅާ މެމްބަރުން ހަމަޖެއްސުމުގައި ކައުންސިލުން ގޮތެއް ނިންމުން   

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ، ޢަބްދުﷲ ޞާދިޤް     

ނިންމުން

މައްސަލަ ނިމުނުގޮތް:

އައްޑޫ ޓްރޭޑް ކޯޕަރޭޓިވް އަކީ ކައުންސިލުގެ 55 އިން ސައްތަ ޙިއްސާ ބައްލަވައިގެންފައިވާ ކޯޕަރޭޓިވް އަކަށްވެފައި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ޚާއްޞަކޮށް އައްޑޫގެ އަންހެން ބޭފުޅުން ޢާއްމުކޮށް މުޅި އައްޑޫ އަށް އިތުރު ކުރިއެރުން ހޯދައި ދިނުމުގެ ބޭނުމުގައި އުފައްދަވާފައިވާ ސޮސައިޓީއަކަށްވާތީ، މި ސޮސައިޓީގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުމަށް ކައުންސިލުން މެމްބަރުން ކަނޑައެޅިފައި ހުންނަންޖެހޭތީ އަދި ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމުގެ ޤާނޫނުގައިވާ ގޮތަށް ކޯޕަރޭޓިވްގެ ބޯޑްގެ 3/1 (ތިންބައިކުޅަ އެއްބައި) މެމްބަރުން ވާންޖެހޭނީ %51 (ފަންސާސް އެކެއް އިން ސައްތަ) ހިއްސާ ދައުލަތުގެ މުއައްސަސާއަކުން  ގަންނަނަމަ އެފަރާތަކަށް ކަމުގައިވާތީ.

އައްޑޫ ޓްރޭޑް ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑުގައި އައްޑޫސިޓީ ކައުންސިލލް ތަމްޞީލު ކުރާ މެމްބަރުން ވީހާވެސް އަވަހަކަށް ކަނޑައެޅިފައި ވުމަކީ މުހިއްމު ކަމެއް ކަމުގައިފެންނާތީ،

މެމްބަރުން ކަނޑައެޅުމުގައި ތިރީގައިވާ ގޮތަށް ޢަމަލުކުރުން މުހިއްމު ކަމުގައި ދެކެން.

  1. އައްޑޫ ޓްރޭޑް ކޯޕަރޭޓިވްއަށް ކައުންސިލުން ކަނޑައަޅާ މެމްބަރުންނަކީ އެ މެމްބަރުން ތަމްޞީލުކުރާ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ތަޢުލީމު ޙާޞިލުކޮށްފައިވުމާއިއެކު 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހުރި މީހަކަށް ވުން ނުވަތަ،
  2. އެމީހަކު ތަމްޞީލު ކުރާ ދާއިރާއިން 10 (ދިހަ) އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އެމީހަކު އަމިއްލައަށް މިފަދަ ސޮސައިޓީއަކަށް ވަންނަން ބޭނުންވުން.
  4. އެ މެމްބަރަކު ހޮވިފައިވާ ދާއިރާ ތަމްޞީލު ކުރުމަށްޓަކައި ސޮސައިޓީގެ ފަރާތުން އައްޑޫ ސިޓީގައި ބާއްވާ ބައްދަލުވުންތަކަށް ޙާޟިރުވެދެއްވޭނެ މީހަކު ކަމުގައިވުން.
  5. ބަލަންވީ ބައެއް މުހިއްމު ދާއިރާތަކަކީ ޤާނޫނީ، އިޤްތިޞާދީ، މާކެޓީންގ، އިޖްތިމާޢީ، ޕަބްލިކް ރިލޭޝަންސް އަދި ކާބޯތަކެތި އުފެއްދުން (ކެއްކުން). ފަދަ ދާއިރާތަކުން ތަމްރީނާއި ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދިނުން.
  6. އައްޑޫ ޓްރޭޑް ކޯޕަރޭޓިވްގެ ބޯޑުގައި އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައިވެރިވުން އިތުރު ކުރުން.
  7.  މެމްބަރުން ކަނޑައެޅުމަށްޓަކައި މަތީގައި ދެންނެވުނު ދާއިރާތަކުން ޝަރުޠު ފުރިހަމަވާ މީހުންގެ ސީވީ ކައުންސިލަރުން އަދި WDC (ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ) އިން ހޯދާ ހުރިހާ ކައުންސިލަރުން ހިމެނޭ ވަގުތީ ކޮމިޓީއަކަށް ގެންގޮސްގެން ނިންމާ ފަރާތްތަކަކީ ކައުންސިލުން ކަނޑައަޅާ 5 މެމްބަރުން ކަމުގައި ހެދުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/09

ތާރީޚް: 18 ޖެނުއަރީ 2018