އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ސްޕީޑް ލޯންޗެއް ގަތުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން

18 ޖެނުއަރީ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ސްޕީޑް ލޯންޗެއް ގަތުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން     

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ، ޢަބްދުﷲ ޞާދިޤް     

ނިންމުން

މައްސަލަ ނިމުނުގޮތް:

ކައުންސިލް އިދާރާގައި ލާންޗެއް ނެތުމުގެ ސަބަބުން ކައުންސިލުން ކުރަންޖެހޭ މުހިއްމު ދަތުރުތަކަށް ކުއްޔަށް ލޯންޗު ހިފަންޖެހުމާއި އަދި ކުއްޔަށް ހިފައިގެން ލޯންޗް ދަތުރު ހަމަޖައްސަންޖެހުމުން ކައުންސިލުން ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރުމުގައި ވެސް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއި، ކައުންސިލަރުންވެސް މުހިއްމު ބައްދަލުވުންތަކަށް ވަޑައިގަންނަވަންޖެހޭ ހިނދު އެފަދަ ދަތުރުތައް ނުކުރެވި ދިއުމާއި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ލޯންޗެއް އޮތުމުން މިފަދަ ކަންކަމަށް ޙައްލެއް ލިބިގެންދާނެތީއާއި،

ކައުންސިލުން ރައްޔިތުންގެ ނަމުގައި އުފައްދާފައިވާ ފަންޑަށް އާމްދަނީ އިތުރުކޮށް ފަންޑު ދިރުވުމަށްޓަކައި ލާންޗު ދަތުރަކީ، ކުރެވިދާނެ ރަނގަޅު އިޤްތިޞާދީ މަސައްކަތަކަށް ވާތީ، އައްޑޫ ސިޓީ ކައުންސިލުން ކުރަންޖެހޭ ޚަރަދުތައް ކުޑަވެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ހަމަޖެހިފައި އޮތުމުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެތީ، ކައުންސިލްއަށް ރަނގަޅު ފެންވަރުގެ ލާންޗެއް ގަތުމަށް ފެންނަކަމަށާއި،

މި ލާންޗް ގަތުމުގައި އައްޑޫ ޓްރަސްޓް ފަންޑުން ލާންޗް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ހިންގުމަށާއި، އަދި ޓްރަސްޓް ފަންޑުން މިލާންޗް ގަނެވޭނެ އިންތިޒާމް ހަމަޖެހިއްޖެ ނަމަ ކަނޑައެޅޭ އަގުތަކެއްގައި ވިޔަފާރި އުޞޫލުން މި ލާންޗުން ދަތުރުފަތުރު ކުރުމުގެ އިންތިޒާމެއް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/10

ތާރީޚް: 18 ޖެނުއަރީ 2018