އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަންރީޖަނަލް ހެޑްކްއާޓާޒް އަޅަން ފޭދޫ އިން ދޫކޮށްފައިވާ ބިން އެލް.ޔޫ.ޕީ އާއި އެއްގޮތަށް ކަނޑައެޅުން.

22 އޮކްޓޯބަރ 2022     


ކައުންސިލްގެ ނިންމުން
 

ނިންމުން ނަންބަރު: 426-B (4)/2022/172

ބޭއްވުނު ތާރީޚް: 22 އޮކްޓޯބަރ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 38 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 69 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަންރީޖަނަލް ހެޑްކްއާޓާޒް އަޅަން ފޭދޫ އިން ދޫކޮށްފައިވާ ބިން އެލް.ޔޫ.ޕީ އާއި އެއްގޮތަށް ކަނޑައެޅުން.

މައްސަލަ ހުށަހެޅި ފަރާތް:   ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަންރީޖަނަލް ހެޑްކްއާޓާޒް އަށް ބިން ހަމަޖެއްސުމަށް ކައުންސިލްގެ ނަންބަރުގެ 426-B (4)/2022/047 ނިންމުމުން ކަނޑައަޅާފައިވާ އަދަދަށް ،ފާސްކުރެވިފައިވާ ބިނާވެށި ޕްލޭން އިން ބިން ހަމަޖެއްސުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތު މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01

ނުފެންނަކަމަށް: 02 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (4)/2022/172

ތާރީޚް: 22 އޮކްޓޯބަރ 2022