ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2022/178 |
|
ބޭއްވުނު ތާރީޚް: 09 ނޮވެންބަރު 2022 |
ޖަލްސާ: 2022ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 72 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން މީދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތް ބިނާ ކުރުމަށް 2022 ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ (04 ވަނަ ދައުރުގެ 33 ވަނަ ރަސްމީ ޖަލްސާ)ގައި ކައުންސިލްގެ ނިންމުން ނަންބަރު 426-B(4)2022/008 އިން ނިންމަވާފައިވާ ތަނަށް ބަދަލު ގެނައުމަށް އެދި |
||||
މައްސަލަ ހުށަހެޅި ފަރާތް: މީދޫ އަވަށު އޮފީސް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަނގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ދަޢުލަތުގެ ބަޖެޓުން ހަރަދުކުރައްވައިގެން މީދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތް ބިނާކުރުމަށް 2022 ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ (4 ވަނަ ދައުރުގެ 33 ވަނަ ޖަލްސާ) ގައި ކައުންސިލްގެ ނިންމުން ނަމްބަރު: 426-B(4)2022/008 އިން މިސްކިތް އެޅުމަށް ނިންމާފައިވާ މީދޫ ބަނދަރުގެ އިރުމަތިން، މޮނިއުމެންޓް ފަހަތަށް އޮތް ހުސްބިމުގެ ބަދަލުގައި 2021 ވަނަ އަހަރުގެ 34ވަނަ ރަސްމީ ޖަލްސާ (4 ވަނަ ދައުރުގެ 20 ވަނަ ޖަލްސާ) ގައި ކައުންސިލްގެ ނިންމުން ނަމްބަރު: 426-B(4)/2021/104 އިން މިސްކިތް އެޅުމަށް ނިންމާފައިވާ ގޮތަށް މަސްޖިދުއް އިބްރާހީމް މަޖުދުއްދީން ހުރި ބިން ހަމަޖެއްސުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 03 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ވޯޓުގައި ބައިވެރިވި: 10 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
