ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2022/180 |
|
ބޭއްވުނު ތާރީޚް: 09 ނޮވެންބަރު 2022 |
ޖަލްސާ: 2022ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 72 ވަނަ ޖަލްސާ) |
މައްސަލަ |
||||||||||||||||||||||||||||||||||
ހުށަހެޅުނު މައްސަލަ: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 24 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި |
||||||||||||||||||||||||||||||||||
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||||||||||||||||||||||||||||||||
ނިންމުން |
||||||||||||||||||||||||||||||||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 24 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް 1. މާލެ މުނިސިޕަލްޓީގެ ޙާއްސަ ދަފްތަރު، ޢަބްދުﷲ ޖަލީލު އާއި ދެމެދު ވެވިފައިވާ ނަމްބަރު: 426-PD/S4/2012/66 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
2. ސ.ހިތަދޫ ސިލްވަރުގެ، އާދަމް އަލީ އަޙްމަދު އާއި ދެމެދު ވެވިފައިވާ ނަމްބަރު: (AGR)426-EA/INDIV/2015/39 އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކުލީ ބިމުގައިވާ އިންވެސްޓްމެންޓް ވިއްކާލުމުގެ ހުއްދައަށްއެދި ހުށަހަޅާފައިވާ މައްސަލައަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
3. ސ.ހިތަދޫ ޝާން، އިބްރާހިމް ޒަރީރު އާއި ދެމެދު ވެވިފައިވާ ނަމްބަރު: 426-BB/S2/2014/10 އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކުލީ ބިމުގައިވާ އިންވެސްޓްމެންޓް ވިއްކާލުމުގެ ހުއްދަ ދިނުމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
4. ސ.ހިތަދޫ، މާހީ އަޙްމަދު ޒާހިރު އާއި ދެމެދު ވެވިފައިވާ ނަމްބަރު: (AGR)426-EA/INDIV/2015/31 އެއްބަސްވުމާއި އަދި ނަންބަރު (AGR)426-AB/INDIV/2019/63 އެއްބަސްވުމުގެދަށުން ދޫކޮށްފައިވާ ކުލީ ދެބިމުގެ މުއްދަތު އިތުރުކޮށް އަޙްމަދު ޒާހިރު ހިއްސާވާ ކުއްފުނީގެ ނަންމަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
