އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަވަށު އޮފީސްތަކަށް ޕެޓީ ކޭޝްގެ ގޮތުގައި މަހެއްގެ މައްޗައް 5000ރ (ފަސްހާސް ރުފިޔާ) ދިނުމަށް

9 ނޮވެމްބަރ 2022     


ކައުންސިލްގެ ނިންމުން
 

ނިންމުން ނަންބަރު: 426-B (4)/2022/186

ބޭއްވުނު ތާރީޚް: 09 ނޮވެންބަރު 2022

ޖަލްސާ: 2022ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 72 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އަވަށު އޮފީސްތަކަށް ޕެޓީ ކޭޝްގެ ގޮތުގައި މަހެއްގެ މައްޗައް 5000ރ (ފަސްހާސް ރުފިޔާ) ދިނުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ޙުސައިން ފައިޒުއްރަޙްމާން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް 5000/- (ފަސްހާސް) ރުފިޔާ އަވަށު އޮފީސްތަކަށް ޕެޓީ ކޭޝްގެ ގޮތުގައި ހަމަޖެއްސުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސާލިހާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 05 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް
ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/186

ތާރީޚް: 9 ނޮވެމްބަރ 2022