އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ތަރައްޤީ ކުރުމަށް ޑީ.އެމް.އޯ އޮފީސް ހެދުމަށްޓަކައި ޓްރަސްޓް ފަންޑު މެދުވެރިކޮށް ހޯދުމަށް ނިންމާފައިވާ ފައިސާ ހޯދުމަށް ހުށަހަޅާ މައްސަލަ

26 އޮކްޓޯބަރ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/173

ބޭއްވުނު ތާރީޚް: 26 އޮކްޓޯބަރ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 39 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 70 ވަނަ ޖަލްސާ

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގެ ޓޫރިޒަމް ތަރައްޤީ ކުރުމަށް ޑެސްޓިނޭޝަން މެނޭޖްމަންޓް އޯގަނައިޒޭޝަން އޮފީސް ހެދުމަށްޓަކައި ޓްރަސްޓް ފަންޑު މެދުވެރިކޮށް ހޯދުމަށް ނިންމާފައިވާ 100,000.00 (އެއްލައްކަ ރުފިޔާ)، ޓޫރިޒަމް ކޮމެޓީގެ 19 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ ގޮތަށް ޚަރަދުކުރުމަށާއި އަދި 19 ވަނަ ޓޫރިޒަމް ކޮމެޓީގެ ބައްދަލުވުމުން ފާސްވެފައިވާ ބަޖެޓްގެ ތެރެއިން 2022 ވަނަ އަހަރު ބޭނުން ކުރުމަށް ފާސްވެފައިވާ 213،000.00 (ދެލައްކަ ތޭރަހާސް ރުފިޔާ) ގެ ތެރެއިން (ބްރޭންޑިންގް އާއި ވެބް އެޕްލިކޭޝަން ޚަރަދު) ކައުންސިލްގެ ނަންބަރު: 426-B/ (4)/2022/08 (16 ޖޫން 2022) ފާސްވެފައިވާ 100,000.00 (އެއްލައްކަ ރުފިޔާ)، ތެރެއިން 30،000.00 (ތިރީސްހާސް ރުފިޔާ) ބޭނުން ކޮށްގެން ހަމަޖެއްސުމާއި އަދި ބާކީ 183،000.00  (އެއްސަތޭކަ އަށްޑިހަ ތިންހާސް ރުފިޔާ) ޓްރަސްޓް ފަންޑުން ހޯދުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " ޓޫރިޒަމް ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ޑެސްޓިނޭޝަން މެނޭޖްމެންޓް އޯގަނައިޒޭޝަން އޮފީސް ހެދުމަށްޓަކައި ޓްރަސްޓް ފަންޑު މެދުވެރިކޮށް ހޯދުމަށް ނިންމާފައިވާ 100،000.00 (އެއްލައްކަ ރުފިޔާ)، ޓޫރިޒަމް ކޮމިޓީގެ 19 ވަނަ ބައްދަލުވުމުން ނިންމާފައިވާ ގޮތަށް، ޙަރަދުކުރުމަށާއި އަދި 19 ވަނަ ޓޫރިޒަމް ކޮމިޓީގެ ބައްދަލުވުން ފާސްވެފައިވާ ބަޖެޓްގެ ތެރެއިން 2022 ވަނަ އަހަރު ބޭނުންކުރުމަށް ފާސްވެފައިވާ 213،000.00 (ދެލައްކަ ތޭރަހާސް ރުފިޔާ) ގެ ތެރެއިން (ބްރޭންޑިންގް އާއި ވެބް އެޕްލިކޭޝަން ޚަރަދު) ކައުންސިލްގެ ނަންބަރު: 426-B/ (4)/2022/08 ފާސްވެފައިވާ 100,000.00 (އެއްލައްކަ ރުފިޔާ)، ތެރެއިން 30،000.00 (ތިރީސްހާސް ރުފިޔާ) ބޭނުން ކޮށްގެން ހަމަޖެއްސުމާއި އަދި ބާކީ 183،000.00  (އެއްސަތޭކަ އަށްޑިހަ ތިންހާސް ރުފިޔާ) ޓްރަސްޓް ފަންޑުން ހޯދުމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/173

ތާރީޚް: 26 އޮކްޓޯބަރ 2022