އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވިޒްޔަންވިލާ އިން އައްޑޫސިޓީއަށް ގެނެވޭ ގެތަށް ކައުންސިލްގެ ބެލުމުގެ ދަށުން ރައްޔިތުންނަށް ފެންނާނެގޮތަށް ބެހެއްޓުމާއި މެދު ގޮތެއް ނިންމުމަށް

26 އޮކްޓޯބަރ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/174

ބޭއްވުނު ތާރީޚް: 26 އޮކްޓޯބަރ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 39 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 70 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ވިޒްޔަންވިލާ އިން އައްޑޫސިޓީއަށް ގެނެވޭ ގެތަށް ކައުންސިލްގެ ބެލުމުގެ ދަށުން ރައްޔިތުންނަށް ފެންނާނެގޮތަށް ބެހެއްޓުމާއި މެދު ގޮތެއް ނިންމުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫސިޓީގެ ރައްޔިތުނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއްހޯދާދިނުމުގެގޮތުން ކުރެވުނު މަސައްކަތުގެތެރެއިން އައްޑޫސިޓީކައުންސިލް އާއި ތުރެކީގެ ވިޒިއޯންވިލާ އާއި ދެމެދު މަޝްވަރާކުރަމަށްފަހު އައްޑޫ ސިޓީކައުންސިލާއި ވިޒިއޯންވިލާ ބައިވެރިވާ ޖޮއިންޓް ވެންޗަރ އެއް އުފައްދައި ދިގުމުއްދަތުން ފައިސާ ދައްކައި ޚަލާސްކުރާގޮތަށް އައްޑޫސިޓީގައި ރައްޔިތުންނަށް ޕްރިފެބް ގެތައް އަޅައިދިނުމަށާއި ޖޮއިންޓްވެންޗަރ އަށް ވާސިލްވުމަށް ދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު ފްރޭމްވޯކް އެގްރީމެންޓްގައި ބަޔާންކުރާ ސާމްޕަލް ގެތައް ރައްޔިތުންނަށް ދެއްކުމަށް އެހީތެރިވެ ދިނުމުގެގޮތުން، ޖޮއިންޓް ވެންޗަރ އުފެއްދުމާއި ހަމަޔަށް (ގިނަވެގެން 1 އަހަރުދުވަހުގެ މުއްދަތަށް) އައްޑޫސިޓީއަށް ގެނެވޭ ގެތަށް ކައުންކައުންސިލްގެ ބެލުމުގެ ދަށުން ރައްޔިތުންނަށް ފެންނާނެގޮތަށް ބެހެއްޓުމަށް ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އެހީތެރެރިކަން ފޯރުކޮށްދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01

ނުފެންނަކަމަށް: 03 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/174

ތާރީޚް: 26 އޮކްޓޯބަރ 2022