ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B (4)/2022/188 |
|
|
ބޭއްވުނު ތާރީޚް: 17 ނޮވެންބަރު 2022 |
ޖަލްސާ: 2022ވަނަ އަހަރުގެ 42 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 73 ވަނަ ޖަލްސާ) |
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އަންހެނުންގެ ތައްރަޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކު މަރަދޫގައި އިމާރާތްކުރެވުނު މިސްކިތް، ބޭނުން ނުކޮށް ގިނަދުވަސްވުމުގެ ސަބަބުން އިމާރާތް ބާވެ، ވީރާނާވަމުންދާތީ އާއި، އެތަނުގެ ބޭނުން ނުރަނގަޅު ގޮތުގައި ބައެއް ފަރާތްތަކުން ހިފަމުންދާތީ އެއިމާރާތް ތަޅާލާ އެއިމާރާތް ހުރި ބިން ރައްޔިތުންނަށް ބޭނުން ހިފޭން އެހެން ބޭނުމަކަށް ބޭނުން ކުރުމުގެ ހުއްދައަށް އެދި |
||||
|
މައްސަލަ ހުށަހެޅި ފަރާތް: މަރަދޫ އަވަށު އޮފީސް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " މަރަދޫ އަވަށުގެ އަންހެނުންގެ މިސްކިތް އުވާލެވި ޢިމާރާތް ބޭނުންނުކޮށް ވިރާނާވެފައިވާތީ އާއި އިމާރާތުގައި ނޭދެވޭ އަމަލުތައް ކުރަމުންދާތީ، މިއިމާރާތް ތަޅާލާ ޢިމާރަތް ހުރިބިން ރަނގަޅު ގޮތުގައި ބޭނުން ހިފުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދު ނާދިރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް |
ފެންނަކަމަށް: 11 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

