ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2022/198 |
|
ބޭއްވުނު ތާރީޚް: 01 ޑިސެމްބަރ 2022 |
ޖަލްސާ: 2022ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 75 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ކައުންސިލްގެ ނިންމުންތަކާ ގުޅިގެން ކޮންޓްރެކްޓް އަދި ވޭޖް ކޮންޓްރެކްޓް މަޤާމުތަކަށް ނެގިފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތާގުޅޭ ގޮތުން ލަފައަކަށް އެދި |
||||
މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު.ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސެކްޝަނުން ހުށަހަޅާފައިވާ ގޮތަށް މެދުކެނޑުމެއް ނެތި 2 އަހަރު ދުވަހަށްވުރެ އިތުރަށް އެއްބަސްވުން އައުކޮށްގެން ގެންގުޅެފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް 2022 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވުމުން، އެ މަޤާމުތަކަށް އަލުން މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމަށާއި، 2023ވަނަ އަހަރުތެރޭ މެދުކެނޑުމެއް ނެތި މަސައްކަތްކުރާތާ 02 އަހަރު ފުރޭ މުވައްޒަފުންގެ އެއްބަސްވުން ނިމޭ ތާރީޚުން ފެށިގެން މުވައްޒަފުން ދޫކުރުމަށްފަހު އެ މަޤާމުތަކަށް އަލުން މުވައްޒަފުން ހޯދުމަށް އިޢުލާން ކުރުމަށާއި ،މި 2 ހާލަތްތަކުގައި މަޤާމުތަކަށް މުވައްޒަފުން އަލުން ނެގެންދެން ކޮންޓްރެކްޓް އިތުރުކުރުމަށް އަދި 2023 ވަނަ އަހަރުގެ ނިޔަލަށް، ވަޒީފާ އަދާކުރާތާ 2 އަހަރުނުވާ މުވައްޒަފުންގެ އެއްބަސްވުން 2023 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ފެންނަކަމަށާއި، އަލުން އިއުލާން ކުރެވޭއިރު ކޮންޓްރެކްޓުގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމުގައި ކަނޑައެޅުމަށާއި، ސިވިލް ސާވިސްގެ ޤަވާއިދުގެ 112 ވަނަ މާއްދާގެ (ރ) ގައިވާގޮތުގެ މަތިން އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެކަން އިޢުލާނުގައި ބަޔާންކުރުމަށް ފެންނަކަމަށް، " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަހްމަދު ނާދިރު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 02 |
ނުފެންނަކަމަށް: 00 ވޯޓް |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
