އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ނިންމާފައިވާތީ ކައުންސިލް ތަމްސީލު ކުރާނެ ކައުންސިލް މެމްބަރަކު އައްޔަން ކުރުމާއި ގުޅޭ

7 ޑިސެމްބަރ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/201

ބޭއްވުނު ތާރީޚް: 07 ޑިސެމްބަރ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 45 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 76 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ކައުންސިލް ނަންބަރ 426-B(4)/2021/034 ނިންމުމުން ނިންމާފައިވާތީ މި ކުންފުނީގައި ކައުންސިލް ތަމްސީލު ކުރާނެ ކައުންސިލް މެމްބަރަކު އައްޔަން ކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލް ބިއުރޯ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫ ސިޓީ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ކައުންސިލް ނަންބަރ 426-B(4)/2021/034 ނިންމުމުން ނިންމާފައިވާތީ މި ކުންފުނީގައި ކައުންސިލް ތަމްސީލު ކުރުމަށް ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާޢު އައްޔަން ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސާލިހާ  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މަރިޔަމް ސައީދާ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03

ނުފެންނަކަމަށް: 01 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (4)/2022/201

ތާރީޚް: 7 ޑިސެމްބަރ 2022