އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެމް.ޓީ.ސީ.ސީ އިން ހިތަދޫ ބަނދަރުގައި ވަގުތީ ފެރީ ޓާމިނަލް އެޅުމަށް ބިން ހަމަޖެއްސުމާއި ގުޅޭ

14 ޑިސެމްބަރ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/208

ބޭއްވުނު ތާރީޚް: 14 ޑިސެމްބަރ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 46 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 77 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

 އެމް.ޓީ.ސީ.ސީ އިން ހިތަދޫ ބަނދަރުގައި ވަގުތީ ފެރީ ޓާމިނަލް އެޅުމަށް ބިން ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " ނޭޝަނަލް ފެރީ ނެޓްވޯރކްގެ ދަށުން ފެރީޓާމިނަލް އެޅުމަށް ހިތަދޫ ބަނދަރުން ބިން ކަނޑައަޅާފައިވީނަމަވެސް އެމަސައްކަތް އަދި ފެށިފައި ނުވާތީ އާއި، އެމް.ޓީ.ސީ.ސީ އިން ފެރީ/ލޯންޗް ދަތުރުތައް ހިތަދޫއަށް ބާއްވަމުންދާއިރު ފެރީ ޓާމިނަލްއެއް އެ ސަރަޙައްދުގައި ހުރުން މުހިންމުވާތީ އެމް.ޓީ.ސީ.ސީ އިން އެދިފައިވާގޮތަށް ވަގުތީ ފެރީ ޓާމިނަލް އެއް ހެދުމަށް ހިތަދޫ ބަނދަރުން 10×10 މީޓަރުގެ ބިން ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (4)/2022/208

ތާރީޚް: 14 ޑިސެމްބަރ 2022