ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/002 |
|
ބޭއްވުނު ތާރީޚް: 05 ޖަނަވަރީ 2023 |
ޖަލްސާ: 2023 ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 81 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: (ހ) ކައުންސިލްގެ ނަންބަރު 426-B(4)/2022/089 (25 މޭ 2022) ނިންމުމުން ކަނޑައެޅިފައިވާ މުނިސިޕަލް އިންސްޕެކްޓަރުންގެ ޝަރުތު އިސްލާހުކޮށްދެއްވުމަށް ހިތަދޫ އަވަށު އޮފީހުން އެދިފައިވާތީ މި މައްސަލައާމެދު ގޮތެއް ނިންމަވައި ދެއްވުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ކައުންސިލްގެ ނަންބަރު 426-B(4)/2022/089 (25 މޭ 2022) ނިންމުމުން މުނިސިޕަލް އިންސްޕެކްޓަރ މަގާމަށް މުވައްޒަފުން ނެގުމަށް ތިރީގައި ބަޔާންކޮށްފައިވާގޮތަށް މަޤާމުގެ ޝަރުތުތައް އިސްލާހުކޮށް ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. "މުނިސިޕަލް އިންސްޕެކްޓަރ" މަޤާމްގެ ޝަރުތު: 1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ' ސެކަންޑްރީ ސްކޫލް ' ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް ' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ 2. ގްރޭޑް 10 ނިންމާފައިވުން ނުވަތަ 3. ލިޔަން ކިޔަންދަތުމާއެކު، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޖުރިބާއާއި ހުނަރު ހުރި (ލޯ އެންފޯސްމެންޓް / ފަޔަރ އެންޑް ރެސްކިއު / މުނިސިޕަލް / ސުޕަވައިޒަރ ފަދަ) ދާއިރާތަކުގެ 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހަކަށް ވުން. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސާލިހާ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
