އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމަށް

1 ފެބުރުއަރީ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/012

ބޭއްވުނު ތާރީޚް:  01 ފެބްރުވަރީ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 06 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 05 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 34 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 34 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ، އާމިނަތު ސަލްމާ

 

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް

1. އެކޯ ޓޫރިޒަމް އެންޑް ގްރީން އިންޑަސްޓްރިއަލް ޕާރކްއެއް ތަރައްޤީ ކުރުމަށްޓަކައި ވުމެންސް ޗެންބާރސް އޮފް ކޮމާރސް މޯލްޑިވްސްގެ ފަރާތުން ބިމެއް ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ލޭންޑް ކޮމިޓީގެ 34ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ ގޮތަށް ނިންމުމަށް ފެންނަ ކަމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދު ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓު

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 

2. އޯކިޑްވިލާ/ސ،ފޭދޫ މުޙައްމަދު އަބްދުﷲ އާއި ދެމެދު ވެވިފައިވާ ނަމްބަރު: (AGR)426-AB/INDIV/2022/23 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ އިންވެސްޓްމަންޓް ބަދަލުކުރުމުގެ ހުއްދަ ދިނުމާއިމެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓު

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 01 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 1

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/012

ތާރީޚް: 1 ފެބުރުއަރީ 2023