އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން ނުވިކި ހުރި ތަކެތި ނައްތާލުމުގެ ހުއްދަ އާއި ގުޅޭ

1 ފެބުރުއަރީ 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/015

ބޭއްވުނު ތާރީޚް:  01 ފެބްރުވަރީ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 06 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 05 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ  ވެހިކަލްތަކުގެ ތެރެއިން ނީލަންކިޔުމަށްޓަކައި ކުރެވުނު އިޢުލާނުން ނުވިކި ހުރި ތަކެތި ނައްތާލުމުގެ ހުއްދަ އަށް އެދި.

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

        " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ  ވެހިކަލްތައް ނީލަންކިޔުމަށްޓަކައި ކުރެވުނު އިޢުލާނުން ނުވިކި ހުރި ތަކެތި ނައްތާލުމުގެ ހުއްދަ އަށް އެދ ހުށަހެޅުނު މައްސަލައަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި މުޅި ކައުންސިލްގެ ތިންބައި ކުޅަ ދެބައި އަދަދަށް ވޯޓް ލިބިފައި ނުވާތީ  މި މިމައްސަލަ ފާސް ކުރެވިފައި ނުވެއެވެ.

ހުށަހެޅުންތައް

 1. ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ ތަކެތި ނީލަން ކިޔުމަށްޓަކައި ކުރެވުނު އިޢުލާނުން ނުވިކި ހުރި ތަކެތި މާލިއްޔަތާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ނައްތާލުމަށް ހުށަހެޅުނު ހުށަހެޅުންތަކަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި މުޅި ކައުންސިލްގެ ތިންބައި ކުޅަ ދެބައި އަދަދަށް ވޯޓް ލިބިފައި ނުވުމުން މި މިމައްސަލަ ފާސް ކުރެވިފައި ނުވެއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާޙިމް ޝިނާޒް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓު

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 02 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 

 2. ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ ތަކެތި ނީލަން ކިޔުމަށްޓަކައި ކުރެވުނު އިޢުލާނުން ނުވިކި ހުރި ވެހިކަލްތަކަށް އަލުން ނީލަން ކިޔައި ނުވިކިއްޖެނަމަ، މާލިއްޔަތާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ނައްތާލުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި މުޅި ކައުންސިލްގެ ތިންބައި ކުޅަ ދެބައި އަދަދަށް ވޯޓް ލިބިފައި ނުވުމުން މާލިއްޔަތާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން މިމައްސަލަ ފާސް ކުރެވިފައި ނުވެއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާޙިމް ޝިނާޒް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓު

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 02 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/015

ތާރީޚް: 1 ފެބުރުއަރީ 2023