ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/016 |
|
ބޭއްވުނު ތާރީޚް: 01 ފެބްރުވަރީ 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 06 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 05 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ސަރަޙައްދުން ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ވެރިފަރާތްތަކާއެކު މަޝްވަރާކުރުމަށް އެކުލަވާލެވުނު ކޮމެޓީގެ ރިޕޯޓް ނިމިފައިވާތީ، ރިޕޯޓް ދިރާސާކޮށް ކައުންސިލުން ގޮތެއް ނިންމުމަށް. |
||||
މައްސަލަ ހުށަހެޅި ފަރާތް: ލީގަލް ޔުނިޓު |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ކައުންސިލްގެ ނަންބަރ 426-B(4)/2021/045 ނިންމުމާއި ގުޅިގެން ހޮސްޕިޓަލް އެޅުމަށް ކުރިން ނިންމާފައި އޮތް ބިމަށް ބަދަލުކުރެވުނު ގޯތި ތަކުގެތެރެއިން، ކައުންސިލްގެ ނިންމުމާއި އެއްގޮތަށް ގޯތި ބަދަލުކުރުމަށް އިޢުތިރާޒްކުރާ ފަރާތްތަކަށް، އެފަރާތްތަކުގެ ރުހުން އޮތްކަމަށް އެއްބަސްވެ އިޤްރާރު ވާނަމަ، ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އެފަރާތްތަކުގެ ގޯތިތައް ކުރިން އޮތްތަނަށް އަލުން ބަދަލުކޮށްދިނުމަށާއި އަދި، ހޮސްޕިޓަލް އެޅުމަށް ކުރިން ނިންމާފައި އޮތް ބިން ކައުންސިލުން ރީޕްލޭން ކުރުމާއި ގުޅިގެން، އެސަރަޙައްދަށް ބަދަލުވުމަށް ބޭނުންވާ ނަމަ، އެފަރާތްތަކުގެ ރުހުން އޮތްކަމަށް އެއްބަސްވެ އިޤްރާރުވުމުން، ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމަށް ފެންނަ ކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ޢަދާލާ ރަޝީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 10 ވޯޓް |
ވޯޓުގައި ބައިވެރިވި: 10 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
