އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ ވެހިކަލްތައް ނީލަންކިޔުމަށްޓަކައި ކުރެވު އިޢުލާނުން ނުވިކި ހުރި ވެހިކަލްތައް ނައްތާލުމުގެ ހުއްދަ އާއި ގުޅޭ

9 ފެބުރުއަރީ 2023     


ކައުންސިލްގެ ނިންމުން
 

ނިންމުން ނަންބަރު: 426-B (4)/2023/021

ބޭއްވުނު ތާރީޚް:  09 ފެބްރުއަރީ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 07 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 86 ވަނަ ޖަލްސާ

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން ނީލަންކިޔުމަށްޓަކައި ކުރެވު އިޢުލާނުން ނުވިކި ހުރި ވެހިކަލްތައް ނައްތާލުމުގެ ހުއްދައަށް އެދި.  

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:  

        " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " އޯޕެން ބިޑް އުސޫލުން އަދި އެއްފަހަރު ވެހިކަލްތައް ނީލަން ކިޔުމަށާއި، ބިޑްކުރުމަށް ފަހު ނުވިކި ހުރި ވެހިކަލް ތަކުގެ ސްޕެއަރ ޕާޓްސް އެހެން އަވަށު އޮފީސްތަކުން ބެނުންކުރެވޭތޯ ބެލުމަށް ފަހު ނައްތާލުމަށް ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސެއިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/021

ތާރީޚް: 9 ފެބުރުއަރީ 2023