ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/024 |
|
ބޭއްވުނު ތާރީޚް: 15 ފެބްރުއަރީ 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 87 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: 300 މީހުންގެ ޖާގައިގެ މިސްކިތެއް އައްޑޫސިޓީ މަރަދޫފޭދޫގައި އިމާރާތްކުރުމަށް 125 × 125 ފޫޓު ބިން ހަމަޖެއްސުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރ އާއި 2 ވަނަ ނަންބަރ އާއި އެއްގޮތްވާގޮތުގެ މަތިން އެކިއެކި ބޭނުންތަކަށް ދައުލަތުގެ މުއައްސަސާތަކަށް ބިންދޫކުރާ އުޞޫލުން، އެ ގަވާއިދުގެ 9 ވަނަ މާއްދާ އާއި 10 ވަނަ މާއްދާ އިން އައްޑޫ ސިޓީކައުންސިލަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ބިމުގެ ކުލި ނުހިމެނޭގޮތަށް އަދި މުއްދަތެއް ނެތްގޮތަށް، މަރަދޫފޭދޫ އަވަށު އޮފީހުން ހުށަހަޅާފައިވާ ޗާޓްގައިވާ ސަރަޙައްދުން 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ޤިބުލަ 306.22 ޑިގްރީއަށް މިސްރާބު ސާފުވާގޮތަށް 125 × 125 ފޫޓު ބިމެއް ހަމަޖެއްސުމަށާއި މިސަރަޙައްދާއި އެންމެ ކައިރީގައި ހުރި މަސްޖިދުއް ތަޤްވާ މިސްކިތް އުވާލާ އަލަށް އިމާރާތްކުރާ މިސްކިތަށް މަސްޖިދުއް ތަޤްވާގެ ނަން ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ، އާމިނަތު ސަލްމާ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޚާލިދާ މުޙައްމަދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 11 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
