ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/025 |
|
ބޭއްވުނު ތާރީޚް: 15 ފެބްރުއަރީ 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 87 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ހިތަދޫ ސްކޫލުން ބެޑްމިންޓަން ޗެމްޕިއަންޝިޕް މުބާރާތުގައި ސްކޫލުގެ ފަރާތުން ބައިވެރިވާ ދަރިވަރުންގެ ދަތުރުގެ ކަންތަކުގައި ކައުންސިލްގެ އެހީތެރިކަމަށް އެދި |
||||
މައްސަލަ ހުށަހެޅި ފަރާތް: ޖެންޑަރ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކޮމިޓީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " 27 ފެބްރުއަރީ 2023 އިން 3 މާރިޗު 2023 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން ޗެމްޕިއަންޝިޕް މުބާރާތުގައި ހިތަދޫ ސްކޫލުގެ ފަރާތުން ބައިވެރިވާ ފަރާތްތަކަށް 10000 (ދިހަހާސް) ރުފިޔާގެ އެހީތެރިކަން ޖަމްއިއްޔާ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކޯޑް (JL-228009) ގެ ތެރެއިން ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ ވޯޓު ހަމަހަމަވުމުން، ރިޔާސަތުގެ ވޯޓާއި އެކު ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ، މުޙައްމަދު ފައިޞަލް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދު ނާދިރު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 05 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
