ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/027 |
|
ބޭއްވުނު ތާރީޚް: 15 ފެބްރުއަރީ 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 87 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: މީދޫ އަވަށު އޮފީހަށް މެއިންޓެނަންސް އޮފިސަރ، ފައިނޭންސް އޮފިސަރ އަދި ޑްރައިވަރ މަޤާމަށް މުވައްޒަފުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް އެ އަވަށު އޮފީހުން އެދިފައިވާތީ |
||||
މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ކޮންޓްރެކްޓް އުސޫލުން، މީދޫ އަވަށުގެ ފައިސާގެ ރެކޯޑުތަކާއި އިންވެންޓްރީ ބެލެހެއްޓުމަށްޓަކައި ސީ.އެސް.ސީގެ ޖީ.އެސް 3 ރޭންކުގެ ޝަރުތާއި މުސާރައާ އެއްގޮތަށް ފައިނޭންސް އޮފިސަރ މަޤާމަށް މުވައްޒަފަކު ނެގުމަށާއި މީދޫ އަވަށުގެ މިސްކިތްތަކުގެ އޭސީތަކާއި މަގުތަކުގެ ބައްތިތައް މަރާމާތު ކުރުމަށް ސީ.އެސް.ސީގެ އެސް.އެސް 3 ރޭންކުގެ ޝަރުތާއި މުސާރައާ އެއްގޮތަށް މެއިންޓެނަންސް އޮފިސަރ މަޤާމަށް މުވައްޒަފަކު ނެގުމަށާއި އަދި މީދޫ އޮފީހަށް އަލަށް ހޯދޭ ޕިކަޕް ދުއްވުމަށް ސީ.އެސް.ސީގެ އެސް.އެސް 2 ރޭންކުގެ ޝަރުތާއި މުސާރައާ އެއްގޮތަށް ޑްރައިވަރ މަޤާމަށް މުވައްޒަފަކު ނެގުމަށާއި ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ، އަޙްމަދު ސަޢީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ، ހުސެއިން ޒަރީރު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 02 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
