ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/028 |
|
ބޭއްވުނު ތާރީޚް: 15 ފެބްރުއަރީ 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 87 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ކައުންސިލް ނަންބަރ 426-B(4)/2021/034 ނިންމުމުން ނިންމާފައިވާތީ މި ކުންފުންޏަށް މިނިވަން ޑިރެކްޓަރ އަދި މެނޭޖިންގ ޑިރެކްޓަރ އައްޔަން ކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރ އަދި މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވެފައިވާ ފަރާތްތައް އައްޔަން ކުރުމަށާއި މެނޭޖިންގ ޑިރެކްޓަރގެ މުސާރައިގެ ގޮތުގައި 20،000 (ވިހިހާސް) ރުފިޔާ ކަނޑައެޅުމަށާއި ޑިރެކްޓަރުން ބޯޑުގެ ބައްދަލުވުންތަކަށް އެލަވަންސްގެ ގޮތުގައި މަދުވެގެން 3 ބައްދަލުވުމަށް ހާޒިރުވުމުން ޖުމްލަ 5000 (ފަސްހާސް) ރުފިޔާގެ އެލަވެންސް ދިނުމަށް ކަނޑައެޅުމަށާއި އައްޑޫ ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި ކުންފުނީގެ ޑިރެކްޓަރުން އައްޔަންކުރުމުގެ ޤަރާރު ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ، މުޙައްމަދު ފައިޞަލް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސެއިން ފައިޒުއްރަޙްމާން |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 02 |
ނުފެންނަކަމަށް: 04 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
