ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/030 |
|
ބޭއްވުނު ތާރީޚް: 01 މާރިޗް 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 10 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 89 ވަނަ ޖަލްސާ) |
މައްސަލަ |
||||||||||||||||||||||||||||||||||||||||||||||||||
ހުށަހެޅުނު މައްސަލަ: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 35 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||||||||||||||||||||||||||||||||||||||||||||||||
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||||||||||||||||||||||||||||||||||||||||||||||||
ނިންމުން |
||||||||||||||||||||||||||||||||||||||||||||||||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 35 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް 1. ހަލަވެލިގެ/ސ.ހިތަދޫ ޙުސައިން މުޙައްމަދު އާއި ދެމެދު ވެވިފައިވާ ނަމްބަރު: (AGR)426-AB/INDIV/2022/143 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމަށް 2022 މެއި 20 އިން ފެށިގެން ނޮވެމްބަރ 2022 ގެ ނިޔަލަށް ދައްކަންވެފައިވާ ފައިސާ ބަހައިގެން ދެއްކޭނެގޮތް ހަމަޖައްސައިދިނުމަށް އެދިފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
2. ސާޔާ/ސ.ހިތަދޫ އިބްރާހީމް ޒުހައިރު އާއި ދެމެދު ވެވިފައިވާ ނަމްބަރު: 426-PD/S2/2013/32 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
3. އުރީދޫގެ ގެ ނަންބަރު ORD-TECH/22/108 ސިޓީއާއި އެކު ފޮނުވާފައިވާ ޗާޓުގައި ފާހަގަކުރެވިފައިވާ ސަރަހައްދުގައި 45 މީޓަރުގެ ޓަވަރެއް ޖެހުމައްޓަކައި 10 × 10 މީޓަރުގެ ބިމެއް ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
4. ފޭދޫ ސްކޫލު ހިންގުމަށް ކަނޑައަޅުއްވާފައިވާ 74907 އަކަފޫޓު ބިމުގެ ބަދަލުގައި 100،000 އަކަފޫޓޫގެ ބިމެއް ހިމަޖައްސަވައިދެއްވުން އެދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފޮނުވާފައިވާ ނަންބަރު 22-G/426/2023/2 ސިޓީއިން އެދިފައިވާތީވެ މިމައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
5. ސ.ފޭދޫ ރަންއަލި ކިޔާ ގޯއްޗާއި ގުޅިގެން ލިންކުރޯޑާއި ވީފަޅީގައި އޮތް ކުލީ ބިން، ސ.ފޭދޫ ރަންއަލި ގޯއްޗަށް އިތުރުކޮށްދެއްވުން އެދި ސ.ފޭދޫ ރަންއަލި މުޙައްމަދު ނަސީމް ހުށަހަޅާފައިވާތީވެ މިމައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
6. ސ.ހިތަދޫ ސާނިޔާ ކިޔާ ގޯތީގެ އިރުމަތީފަޅިއަށް ވާގޮތަށް ލިންކުރޯޑާއި ދެމެދު އޮތް ހުސްބިން ސާނިޔާ ގޯތީގެ ރަޖިސްޓްރީއަށް އިތުރުކޮށްދެއްވުން އެދި ސ.ހިތަދޫ ސާނިޔާ، ޙަދީޖާ ޢަލީ ސާނިޔާ ހުށަހަޅާފައިވާތީވެ މިމައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
