މައްސަލަ
|
ހުށަހެޅުނު މައްސަލަ:
ކައުންސިލް އިދާރާގެ ބިޑްކޮމިޓީ އަލުން ރިވިއުކުރުން.
|
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން
|
ނިންމުން
|
މައްސަލަ ނިމުނުގޮތް:
22ފެބްރުވަރީ 2017 ވަނަ ދުވަހު ޢާއްމުކުރެވިފައިވާ ދައުލަތުގެ މާލިއްޔަތު ޤަވާޢިދު ނަމްބަރު: R-20/2017 އާއި 2018 ވަނަ އަހަރު މާލިއްޔަތާއި ބެހޭ ގޮތުން ޢާއްމު ކުރެވިފައިވާ ސަރކިއުލަރ ނަމްބަރު : 13-K/CIR/2018/01 އަދި އައްޑޫސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް އުޞޫލުގައި ބިޑްކޮމިޓީ އެކުލެވިގެން ވަނީ 07 މެމްބަރުންގެ މައްޗަށް ކަމަށް ބަޔާން ކުރެވިފައިވާތީ ކައުންސިލް އިދާރާގެ ބިޑް ކޮމިޓީ ތިރީގައި ބަޔާން ކުރެވިފައިވާގޮތުގެ މަތިން އެކުލަވާލުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
މިގޮތުން ހުށަހެޅި ތާއިދު ލިބިފައިވާ ހުށަހެޅުން ތިރީގައި ބަޔާން ކުރެވިފައި :-
- މައްސަލައާއި އެކު ހުށަހެޅުނު ލިސްޓްގެ 4 ވަނަ ނަމްބަރުގައި ހިމެނޭ ނަން އުނިކޮށް އެ ނަމުގެ ބަދަލުގައި އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ މުންޞިރާ މުސްޠަފާ ގެނަން ހިމެނުމަށްފަހު މިކޮމިޓީގައި މެމްބަރުންގެ ގޮތުގައި :-
- ޝައިބާ އަނީސް އެސިސްޓެންޓް ޑިރެކްޓަރ
- ޙުސައިން ޙަބީބު ލީގަލް އޮފިސަރ
- ޢަލީ ޙާޝިމް ޕްރޮޖެކްޓް އޮފިސަރ
- މުންޞިރާ މުސްޠަފާ އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ
- މުޙައްމަދު ލުޠުފީ އެސިސްޓެންޓް ޑިރެކްޓަރ
- ޝުހުބަތު ނަޞީރު އެސިސްޓެންޓް ހިއުމަންރިސޯސް އޮފިސަރ
- މަރްޔަމް ޢިމާރަތު އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަނޑައެޅުން.
|
- ހުށަހެޅޭ ބިޑްތައް ރިވިއުކުރަންޖެހޭ ޙާލަތުތަކުގައި، ބިޑް ރިވިއުކުރުމަށް މަދުވެގެން 03 ކައުންސިލް މެމްބަރުން ހިމެނޭ ގޮތުގެ މަތިން ކައުންސިލުން ބިޑްރިވިއު ކޮމިޓީއެއް އެކުލަވާލުން.
- މި ބަދަލާއެކު ބިޑް އިވެލުއޭޝަން އުޞޫލުގެ 14 ވަނަ މާއްދާ އާއި 23 ވަނަ މާއްދާއަށް އިޞްލާޙް ގެނަސް، ބިޑް ކޮމިޓީ އެކުލެވިގެންވާ ދާއިރާ ތަކުގައި ހިމެނޭ "ކައުންސިލް މެމްބަރުން" އުނިކޮށް، ބިޑްކޮމިޓީގައި މެމްބަރުން ހިމެނޭ ދާއިރާތަކަށް އަކުރެއް އިތުރުކުރުމަށްފަހު، އެޗްއާރު ސެކްޝަނާއި ހިތަދޫ އަވަށު އޮފީހުގެ ނަން އިތުރު ކުރުމަށްފަހު، ބިޑް ކޮމިޓީގައި މެމްބަރުން ހިމެނޭ ދާއިރާތަކަކީ، ފައިނޭންސް ސެކްޝަން، ލީގަލް ޔުނިޓް، ޕްރޮޖެކްޓް ސެކްޝަން، ޕްލޭނިންގ ސެކްޝަން، ޑިވެލޮޕްމަންޓް ސަރވިސް ޑިވިޜަން، އެޗް.އާރު ސެކްޝަން، އަދިހިތަދޫ އަވަށު އޮފީސް ކަމަށް ކަނޑައެޅުން.
|
ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު
|
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް
|
ވޯޓް ދެއްވި ގޮތް
|
ބައިވެރިވެވަޑައިނުގަންނަވާ: 00
|
ނުފެންނަކަމަށް: 00 ވޯޓް.
|
ފެންނަކަމަށް: 03 ވޯޓް
|
ވޯޓުގައި ބައިވެރިވި: 03 ވޯޓް
|