އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީން ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

9 މާރޗް 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/036

ބޭއްވުނު ތާރީޚް:  09 މާރިޗް 2023

ޖަލްސާ:2023  ވަނަ އަހަރުގެ 11 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 90 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 36 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 36 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، އާމިނަތު ސަލްމާ

 

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް

  1. ލިންކް ރޯޑު ހެދުމާއި ގުޅިގެން ލިންކްރޯޑުގެ ހުޅަނގުން ހުރި ގޯތިތަކަށް އެގޯތިތަކުގެ އިރުން އިންގެން އޮތް ހުސްބިން އިތުރުކޮށްދީފައިވާތީ، ސ.ހިތަދޫ މޯރަން ގޯތީގެ އިރުން އިންވެގެން އޮތް ހުސްބިން މޯރަން ގޯތީގެ ރަޖިސްޓްރީއަށް އިތުރުކޮށް ގޯތީގެ ރަޖިސްޓްރީ އިސްލާޙްކޮށް ދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓު

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 01 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 
  2. ސުވާދީވް މާކެޓިންގ ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ވެވިފައިވާ ނަމްބަރު: (ARG)426-AB/PRIV/2022/108 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު މެދު ހުށަހަޅާފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓު

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 01 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 
  3. ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ތެރެއިން އައްޑޫސިޓީގައި ބަޔޯ ގޭސް ޕްލާންޓްތަކެއް ތަރައްޤީކުރުމަށް ކުންފުންޏަކުން ޕްރޮޕޯސަލް އެއް ހުށަހަޅާފައިވާތީވެ، މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ބިމެއް ހަމަޖެއްސުމާއި މެދު ހުށަހަޅާފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓު

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/036

ތާރީޚް: 9 މާރޗް 2023