ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/037 |
|
ބޭއްވުނު ތާރީޚް: 09 މާރިޗް 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 11 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 90 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި މަސައްކަތްތަކަށް ތައްޔާރުކުރަންޖެހޭ ކޮންސެޕްޓް ޑިޒައިންތަކާއި ބީއޯކިއު ހެދުމާއި މަސައްކަތުގެ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި ކޯސްޓިންގ އެކުލަވާލުމުގެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " އައްޑޫސިޓީ ކައުންސިލްގެ ބޭނުމަށް ކައުންސިލުން ކުރިއަށްގެންދާ ޕްރޮޖެކްޓްސްތަކާއި މަސައްކަތްތައް ކުރުމަށް ބޭނުންވާ ޑީޓެއިލް ޑްރޯވިންގ އާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ބީއޯކިއު ތައްޔާރުކުރުމާއި ކައުންސިލުން ރާވާ ޕްރޮޖެކްޓްސްތަކަށް ހިނގާނެ ހަރަދު އަންދާޒާ ކުރުމާއި އެފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރާތްތައް މެދުވެރިކޮށް ކުރެވޭނެ ގޮތް ފަހިކުރުމުގެ ގޮތުން އެފަދަ މަސައްކަތަށް އައްޔަން ކުރެވޭ ފަރާތަކީ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރާތެއް ކަމުގައިވިޔަސް ދަށްވެގެން ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޑިޕްލޮމާ އޮތް ފަރާތްތަކަކަށް ވުމާއި އަދި ހަވާލު ކުރެވޭ މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމާއި ޑިޒައިން ކުރުމާއި ބީއޯކިއު ހެދުމުގެ މަސައްކަތް ކުރުމުގެ ފަންނީ ދާއިރާއަކުން ތަޢުލީމު ހާސިލްކޮށްފައިވުމާއި އެކު ކޮންސްޓްރަކްޝަން ދާއިރާގެ އިންޖިނިއަރިން ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ލާޒިމް ކުރުމާއި އަދި އައްޔަންކުރެވޭ ފަރާތަކީ ސިއްރު ހިފެހެއްޓޭ ފަރާތެއްކަން ޔަޤީންކުރުމަށް ކުރެވޭ އެގްރިމަންޓްގައި މިމާއްދާ ހިމެނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ، އަޙްމަދު ނާދިރު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 03 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
