ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/032 |
|
ބޭއްވުނު ތާރީޚް: 01 މާރިޗް 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 10 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 89 ވަނަ ޖަލްސާ) |
މައްސަލަ |
|||
ހުށަހެޅުނު މައްސަލަ: ކައުންސިލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި، ވޯކްޕަރމިޓް / ވިސާގެ އެންމެހާ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއި، ކައުންސިލްގެ މަސައްކަތަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ހޯދުން |
|||
މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން |
|||
ނިންމުން |
|||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ކައުންސިލްގެ އިދާރާއަށް ބޭނުންވާ ފަންނީ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް ތަކުރާރުކޮށް އިޢުލާން ކުރެވުނު ނަމަވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކުރަމުންނުދާތީ އާއި، ކައުންސިލްގެ މުނިސިޕަލް މަސައްކަތްތައް ކުރުމަށް ބޭނުންވާ އަދަދަށް މުވައްޒަފުން ހޯދުމަށް އިއުލާން ކުރެވުނު ނަމަވެސް އެކަށީގެންވާ އަދަދަށް މުވައްޒަފުން ލިބުމުގައި ދަތިކަން ފާހަގަކުރެވޭތީ، މި މަގާމުތަކަށް ބިދޭސީ މުވައްޒަފުން ހަމަޖެއްސުމަށް ބޭނުންވެއްޖެ ހާލަތެއްގައި އެ މުވައްޒަފުން ރެކްރޫޓްކުރުމާއި، ބިދޭސީ މުވައްޒަފުންގެ ވޯކްޕަރމިޓް / ވިސާގެ އެންމެހާ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއި، އަދި ތިރީގައި ބަޔާންކުރެވިފައިވާ މަގާމުތަކަށް ބިދޭސީ މުވައްޒަފުން ރިކްރޫޓްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
|||
ތާއީދު ކުރެއްވި: ކައުންސިލަރ ، އިބްރާހީމް ޝިނާޒް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޚާލިދާ މުޙައްމަދު |
||
ވޯޓް ދެއްވި ގޮތް |
|||
ބައިވެރިވެވަޑައިނުގަންނަވާ: 03 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 08 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
