ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/038 |
|
ބޭއްވުނު ތާރީޚް: 15 މާރިޗް 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 12 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 91 ވަނަ ޖަލްސާ) |
މައްސަލަ |
|||||||||
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގަމުންދާ އެކި އެކި މަޝްރޫޢުތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާތީ ، ސިވިލް އިންޖިނިއަރ / ކޮންސަލްޓެންޓަކު ހޯދުމަށް |
|||||||||
މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން |
|||||||||
ނިންމުން |
|||||||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގަމުންދާ އެކި އެކި މަޝްރޫޢުތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާތީ އާއި، މިހާރު މި އިދާރާގެ ޓެކްނިކަލް މަސައްކަތް ކުރަމުން ގެންދަނީ މަދު މުވައްޒަފުންތަކަކަށްވެފައި ގިނަ މަޝްރޫޢުތައް އެއްފަހަރާ ކުރިއަށް ގެންދިއުމަށް ދަތިވުމާއި ގުޅިގެން ، މަޝްރޫޢުތަކާއި ގުޅޭ ޓެކްނިކަލް މަސައްކަތް ކުރުމަށް، މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ތިރީގައި ބަޔާން ކުރެވިފައިވާ މުސާރައާއި އެލަވަންސްތަކާއެކު 04 ކޮންސަލްޓެންޓުން ނެގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
|||||||||
ތާއީދު ކުރެއްވި: ކައުންސިލަރ ، އަޙްމަދު ނާދިރު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުޙައްމަދު ފައިޞަލް |
||||||||
ވޯޓް ދެއްވި ގޮތް |
|||||||||
ބައިވެރިވެވަޑައިނުގަންނަވާ: 03 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
