އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އެފްސީ އަފިރިން ފުޓްސަލް ޗެލެންޖް 2023" ނަމުގައި ބާއްވާ ފުޓްސަލް މުބާރާތަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމާއި މެދު ގޮތެއް ނިންމުމާއި ގުޅޭ

15 މާރޗް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/039

ބޭއްވުނު ތާރީޚް:  15 މާރިޗް 2023

ޖަލްސާ:2023  ވަނަ އަހަރުގެ 12 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 91 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އެފްސީ އަފިރިން ޖަމުއިއްޔާއިން މުޅި އަތޮޅަށް ހުޅުވައިގެން "އެފްސީ އަފިރިން ފުޓްސަލް ޗެލެންޖް 2023" ނަމުގައި ބާއްވާ ފުޓްސަލް  މުބާރާތަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމާއި މެދު ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

                 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " އެފްސީ އަފިރިން ޖަމުއިއްޔާއިން މުޅި އައްޑޫސިޓީއަށް ހުޅުވައިގެން "އެފްސީ އަފިރިން ފުޓްސަލް ޗެލެންޖް 2023"ގެ ނަމުގައި ބޭއްވޭ ފުޓްސަލް މުބާރާތުގައި އެ ޖަމުއިއްޔާ އިން ކައުންސިލްގެ އެހީތެރިކަމަށް އެދި ހުށަހަޅާފައި ވުމާއި ގުޅިގެން ކައުންސިލްގެ ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމިޓީއިން ހުށަހަޅާފައިވާ ގޮތަށް އެފްސީ އަފިރިން ޖަމުއިއްޔާއަށް، ޖަމުއިއްޔާ ޖަމާޢަތްތަކަށް އެހީ ދޭ ( (JL-228009 ކޯޑުން 5000 ރުފިޔާ (ފަސްހާސް ރުފިޔާ)ގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ފެންނަކަމަށް" " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ ވޯޓު ހަމަހަމަވުމުން، ރިޔާސަތުގެ ވޯޓާއި އެކު ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސް ކުރެވިފައި ނުވެއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ ، މުހައްމަދު ފައިސަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙާލިދާ މުހައްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03  

ނުފެންނަކަމަށް: 04 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/039

ތާރީޚް: 15 މާރޗް 2023