އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށުގައި އިމާރަތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ކެޓަގަރީ A އިން ޕޮއިންޓް ލިބިފައިވާ ދާއިމީ ލިސްޓު އާއްމުކުރުމާއި ގުޅޭ

15 މާރޗް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/041

ބޭއްވުނު ތާރީޚް:  15 މާރިޗް 2023

ޖަލްސާ:2023  ވަނަ އަހަރުގެ 12 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 91 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ އަވަށުގައި ސަރުކާރުން އިމާރަތް ކޮށްފައިވާ 48 ފްލެޓް ތަކުގެ ތެރެއިން ކެޓަގަރީ A އަށް ދޫކުރުމަށް އިޢުލާން ކުރެވުނު 27 ފްލެޓަށް އެދި ހުށަހަޅާފައިވާ 41 ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓު އާއްމުކުރުމަށް.

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

                 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ހުޅުދޫ އަވަށުން ދޫކުރުމަށް ކަނޑައަޅާފައިވާ 48 ފްލެޓް ތަކުގެ ތެރެއިން ކެޓަގަރީ A އަށް ދޫކުރުމަށް އިޢުލާން ކުރެވުނު 27 ފްލެޓަށް އެދި ހުށަހަޅާފައިވާ 41 ފަރާތްތަކުގެ އެޕްލިކޭޝަން އިވެލުއޭޓް ކުރުމަށްފަހު އެކުލަވާލެވިފައިވާ ޕޮއިންޓް ދެވުނު ގޮތުގެ ލިސްޓަކީ ދާއިމީ ލިސްޓު ކަމުގައި ކަނޑައަޅައި އާއްމުކޮށް އިޢުލާން ކުރުމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/041

ތާރީޚް: 15 މާރޗް 2023