އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބް އިން އެދިގެން ކައުންސިލް އިދާރާގައި ސްޓާފް ކެންޓީން ޤާއިމު ކުރުމަށް ތަނެއް ހަމަޖައްސަވައި ދެއްވުމާއި ގުޅޭ

22 މާރޗް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/045

ބޭއްވުނު ތާރީޚް:  22 މާރިޗް 2023

ޖަލްސާ:2023  ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 92 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބް އިން އެދިގެން ކައުންސިލް އިދާރާގައި ސްޓާފް ކެންޓީން ޤާއިމު ކުރުމަށް ތަނެއް ހަމަޖައްސަވައި ދެއްވުމަށް އެދި.

މައްސަލަ ހުށަހެޅި ފަރާތް:  އެޑްމިން ސެކްޝަން 

ނިންމުން

މައްސަލަ ނިމުނުގޮތް:

                 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " މިމައްސަލައާއި އެކު ހުށަހެޅިފައިވާ ކެންޓީން ކޮންސެޕްޓް އާއި އެއްގޮތަށް ކައުންސިލް އިދާރާގެ ކުރީގެ ޢިމާރާތާއި އަލަށް ހެދުނު ޢިމާރާތުގެ ދެމެދުން އޮތް ހުސް ޖާގައިގާ ކެންޓީނެއް ހިންގުމަށް، ޢިމާރާތުގެ ގުދަން ހުރި ދިމާލުން ބޭރުން، މަގުން ކެންޓީން ޝެލްފް އޭރިއާއަށް ވަދެވޭ ގޮތަށް ޝެލްފް އޭރިއާއެއް ހުރުމާއިއެކު، އިރުމައްޗާއި ވީ ބައިގާ ކެންޓީނުގެ އޯޕެން އޭރިއާއެއް ހަދާ ކެންޓީނުގެ ޚިދުމަތް ދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް.

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/045

ތާރީޚް: 22 މާރޗް 2023