ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/046 |
|
ބޭއްވުނު ތާރީޚް: 29 މާރިޗް 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ14 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 93 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން މީދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތް ބިނާ ކުރުމަށް 2022 ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4 ވަނަ ދައުރުގެ 72 ވަނަ ޖަލްސާ) ގައި ކައުންސިލްގެ ނިންމުން ނަންބަރު 426-B(4)2022/178 ނިންމުމުން މަޖުދުއްދީން މިސްކިތް ހުރި ބިން ހަމަޖައްސަވާފައި ވީނަމަވެސް، ތަފާތު އެކި ސަބަބުތަކާ ހެދި އެ ބިމުގައި މިސްކިތް އެޅުމަށް ދަތިތަކެއް ހުރިކަމަށް އިސްލާމިކް މިނިސްޓްރީ އިން މަޢުލޫމާތު ދެއްވާފައި ވުމުން، މި ސަބަބުތަކާ ހެދި މީދޫގައި ބިނާކުރުމަށް ނިންމަވާފައިވާ މިސްކިތުގެ މަސައްކަތް ކުރިއަށްނުގޮސް ހުއްޓިފައިވުމާއެކު، މިސްކިތް ބިނާ ކުރުމަށްޓަކައި މީދޫ އަވަށު އޮފީހުގެ ހުޅަނގަށް އޮތް ހުސް ބިން ހަމަޖެއްސުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އާމިނަތު ސާލިޙާ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން މީދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތް ބިނާ ކުރުމަށް 2022 ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4 ވަނަ ދައުރުގެ 72 ވަނަ ޖަލްސާ) ގައި ކައުންސިލްގެ ނަންބަރު 426-B(4)2022/178 ނިންމުމުން ނިންމަވާފައިވާ ބިމުގެ ބަދަލުގައި، މީދޫ އަވަށު އޮފީހުގެ ހުޅަނގުން އޮންނަ ހުސް ބިން ހަމަޖެއްސުން ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ، އިބްރާޙިމް ޝިނާޒް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް |
ނުފެންނަކަމަށް: 00ވޯޓް |
ފެންނަކަމަށް: 10 ވޯޓް |
ވޯޓުގައި ބައިވެރިވި: 10 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
