އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށުގައި މިހާރު ހުރި ޕާރކް ތަކަށް ނަންދިނުމާއި ގުޅޭ

29 މާރޗް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/049

ބޭއްވުނު ތާރީޚް:  29 މާރިޗް 2023

ޖަލްސާ:2023  ވަނަ އަހަރުގެ14  ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 93 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ އަވަށުގައި މިހާރު ހުރި ޕާރކް ތަކަށް ނަންދިނުން.

މައްސަލަ ހުށަހެޅި ފަރާތް:  ހިތަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

                 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ހިތަދޫގެ ޕާކްތަކަށް ނަން ދެވިފައިނުވާތީ ރައްޔިތުންގެ ބައްދަލު ވުމުގައި އެކަން ހުށަހެޅިފައިވުމާއި، ވަކި ތަނެއް ފަސޭހަކަމައެކު ދަނެގަތުމަށް، އެތަންތަނަށް ނަމެއް ދެވިފައިވުމާކީ މުހިއްމު ކަމެއްކަމަށް ފެންނާތީ  ތިރީގައި ބަޔާން ކުރެވިފައިވާގޮތަށް ޕާކްތަކަށް ނަން ދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

#

ޕާކް އޮންނަ ސަރަޙައްދު

ފާސްކުރަން ހުށަހަޅާ ނަން

1

ކުރީގެ ތަޢުލީމީ މަރުކަޒު ކުރިމަތީ އޮންނަ ޕާކް

ހަވީރީ ޕާކް

2

މެދެއާރިމަގު އެޅެދީދީމަގު އިރު ދެކުނު ކަންމަތީ އޮންނަ ޕާކް

މާކިޅި ޕާކް

3

ހިތަދޫ ފްލެޓް ސަރަޙައްދު ތެރޭ އޮންނަ ޕާކް

ރަންދޫ ޕާކް

4

ކުރީގެ ސަޢީދިއްޔާ ސްކޫލް ކުރިމަތީ އޮންނަ ޕާކް

ޒިކްރާ ޕާކް

5

އައިސް ޑިލައިޓް ޕާކް

ސެންޓްރަލް ޕާކް

6

ޢީދިގަލި ޕާކް

ޢީދިގަލީ ޕާކް

 

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް.

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/049

ތާރީޚް: 29 މާރޗް 2023