އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ ނަމްބަރު 426-AA(3)/2018/96 މުރާޖައާ ކުރުމާއި ގުޅޭ

29 މާރޗް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/050

ބޭއްވުނު ތާރީޚް:  29 މާރިޗް 2023

ޖަލްސާ:2023  ވަނަ އަހަރުގެ14  ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 93 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލްގެ ނަމްބަރު 426-AA(3)/2018/96 މުރާޖައާ ކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ނިންމުން

މައްސަލަ ނިމުނުގޮތް:

                 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫ ސިޓީކައުންސިލްގެ ނަމްބަރު 426-AA(3)/2018/96 ނިންމުން މުރާޖައާކޮށް ކައުންސިލް އިދާރާގެ ބޭރުން އެހެނިހެން މުއައްސަސާ ތަކާއި އަމިއްލަ ފަރާތްތަކަށް ދޫކުރެވޭ ރަސްމީ ލިއުންތަކާއި ޖަވާބު ތަކުގައި އޮފީހުގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުމުގެ ޒިންމާ މޭޔާރ ހަވާލުކުރައްވާ އެ އަވަށެއްގެ ކައުންސިލަރު / ކައުންސިލަރުން ސޮއިކުރާ ގޮތަށް ނިންމުމަށާއި،  މޭޔަރ ނުވަތަ ކައުންސިލަރުންގެ މަޝްވަރާއާއި އެކު ކައުންސިލް އިދާރާގެ އެކިއެކި ޑިޕާޓްމަންޓް، ސެކްޝަން ނުވަތަ ޔުނިޓް ތަކަށް ފޮނުވާ ލިޔެކިއުންތަކާއި  ދެވޭ ޖަވާބުތަކުގައި އެވަގުތަކު އަވަށުއޮފީސް ހިންގުމާއި ހަވާލުވެ ހުންނަ އިދާރީ އިސްފަރާތް ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް ސޮއިކުރެވޭ ގޮތް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް.

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/050

ތާރީޚް: 29 މާރޗް 2023