ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (20)/2023/062 |
|
ބޭއްވުނު ތާރީޚް: 10 މޭއި 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 99 ވަނަ ޖަލްސާ) |
މައްސަލަ |
||||||||||||||||||||||||||||||||||||||||||||||||||
ހުށަހެޅުނު މައްސަލަ: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 38 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||||||||||||||||||||||||||||||||||||||||||||||||
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||||||||||||||||||||||||||||||||||||||||||||||||
ނިންމުން |
||||||||||||||||||||||||||||||||||||||||||||||||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 38 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް 1. އެމް.ޓީ.ސީ.ސީ އިން މީދޫ ފެރީ ޓާމިނަލް އަށް ބިން އިތުރުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
2. ހުޅުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އެޅުމަށް ބިން ހަމަޖެއްސުމުގެ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
3. ޑައިމަންޑްވިލާ/ސ.މަރަދޫ ޢަބްދުﷲ ސަޢީދު ނިޔާވެފައިވުމާއިއެކު، މިފަރާތާއިއެކު ވެފައިވަ ކުލީ ބިމުގެ އެގްރީމަންޓް އަލްމަރްހޫމް ޢަބްދުﷲ ސަޢީދުގެ 6 ކުދިންގެ ތެރެއިން ބުލޫޑައިމަންޑް/ސ.މަރަދޫ ޝީޒާ ފަރުހާނުގެ ނަންމައްޗަށް ބަދަލުކުރުމާއިމެދު ގޮތެއް ނިންމުމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
4. އައްޑޫސިޓީގައި ގަރމެންޓް ފެކްޓްރީއެއް ޤާއިމުކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު ވެވޭ ކުލީ ބިމުގެ އެއްބަސްވުމުގެ ޑްރާފްޓަށް ބީ.ސީ.ސީ އިން ކޮށްފައިވާ ކޮމެންޓްތަކާއި މެދު މަޝްވަރާކުރުމަށް ގޮތެއް ނިންމުމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
5. ނިޔަމި/ސ.ހިތަދޫ ފާޠިމަތު ޝީރީން އިބްރާހީމް އާއި ދެމެދު ވެވިފައިވާ ނަންބަރު: 426-PD/S2/2013/03 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
6. ނިޔަމި/ސ.ހިތަދޫ ފާޠިމަތު ޝީރީން އިބްރާހީމް އާއި ދެމެދު ވެވިފައިވާ ނަންބަރު: 426-PD/S2/2013/03 އެއްބަސްވުމުން ދޫކޮށްފައިވާ ބިމަކީ ކުލި ދައްކަން ނުޖެހޭ ބިމެއް ގޮތަށް ހަމަޖައްސައިދިނުމަށް އެދިފައިވާ މައްސަލައަށް ގޮތެއް ނިންމުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
