ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/092 |
|
ބޭއްވުނު ތާރީޚް: 25 ޖުލައި 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 108 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގެ އިރު އުތުރުގައި ހުރި ޢިމާރާތާއި ޢިމާރާތް ހުރި ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2023/242 އިޢްލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑުތައް އިވެލުއޭޓްކުރެވިފައިވާތީ، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ އާއި ރިޕޯޓަށް ރިޢާޔަތްކޮށް، އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގެ އިރު އުތުރުގައި ހުރި ޢިމާރާތާއި ޢިމާރާތް ހުރި ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2023/242 އިޢްލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑުތައް އިވެލުއޭޓްކުރެވިފައިވާތީ، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ މިލާނޯ ފުޑްކޯޓަށް ބިޑު އެވޯޑު ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަހްމަދު ނާދިރު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
