ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/093 |
|
ބޭއްވުނު ތާރީޚް: 25 ޖުލައި 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 108 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ހެލްތް އިންޝުއަރެންސް ސްކީމުގައި ބައިވެރިވާ މުވައްޒަފުންގެ ޑިޕެންޑެންޓުންގެ ޕްރިމިއަމް ފައިސާ އިންޝުއަރެންސް ކުންފުންޏަށް ދައްކާނެ ގޮތެއް ހަމަޖެއްސުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ޓްރަސްޓް ފަންޑުން 01 މިލިއަން ރުފިޔާ (%2 އިންޓްރެސްޓާއެކު)، ލޯނެއްގެ ގޮތުގައި މުވައްޒަފުންގެ އިންޝުއަރެންސް ޕޭމަންޓް ހެދުމަށްޓަކައި ކައުންސިލަށް ދިނުމަށް ނިންމާފައިވުމާއެކު އެއްފަހަރާ ޕްރިމިއަމް ފައިސާ ދެއްކެން ނެތް ޑިޕެންޑެންޓުންގެ ޕްރިމިއަމްގެ ގޮތުގައި ދައްކަންޖެހޭ 3150.00 ރުފިޔާގެ އިތުރަށް %2 އަށްވާ 63 ރުފިޔާ އިތުރުކޮށް، ކޮންމެ ޑިޕެންޑެންޓަކަށްވާ 3213.00 ރުފިޔާ އަކީ ޕްރިމިއަމްކަމަށް ކަނޑައަޅައި، ޑިޕެންޑެންޓުންގެ ޕްރިމިއަމް ފައިސާ މުވައްޒަފުންގެ މުސާރައިން އުނިކުރާގޮތަށް ކަނޑައަޅައި، ފުރަތަމަ މަހު ކޮންމެ މުވައްޒަފަކުވެސް 500.00 ރުފިޔާ ދެއްކުމަށްފަހު ބާކީ 2713.00 ރުފިޔާ 11 މަސްދުވަހަށް ބަހާފައި ކޮންމެ މަހަކު މުސާރައިން 246.64 ރުފިޔާ ދެއްކުމަށް، އަދި ކޮންމެ އަހަރެއްގައި އާކުރާ އިންޝުއަރެންސަށް މިގޮތުގެ މަތިން ޕޭމަންޓް ހެދުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ، ޙުސައިން ފައިޒުއްރަޙްމާން |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
